Tuesday, May 22, 2012

Quiz





އަލިފުށީ ސުކޫލް
ދިވެހި ކުއިޒް  2012
ގުރޭޑް 5
ނަން .............................................................................. ކުލާސް ...................  އިންޑެކްސް ........................... ރަޖިސްޓަރ ނަންބަރ .....................
1.    ކަމަކީ ކޮބައި ؟
ޖަވާބު: އެބަހަކުން ކޮންމެވެސް ޒަމާނެއް ދޭހަވާ ކޮންމެ ބަހެކެވެ.
2.    ދިވެހިބަހުގައި ކަން ބެހެނީ ކިތައް ޒަމާނަށްތަ؟
ޖަވާބު: 6 ބަޔަށް ( 6 ޒަމާނަކަށް)
3.    ކަން ބެހޭ ޒަމާންތަކަކީ ކޮބާ؟
ޖަވާބު: ވާކަން . ވޭވޭހުރިކަން . ވާނޭކަން . ނިމުނުކަން ، ނިމިނިމުނުކަން އަދި ނަމަވުމެވެ.
4.    ކަމެއް ހިނގި، ހިނގާ، ހިނގާނެ ނުވަތަ ހިނގާފާނޭ ވަޤުތު އަންގައި ދިނުމުގެ ގޮތުން ކަމަކަށް ގެނެވޭ ބަދަލަށް ކިޔަނީ ކީކޭތަ ؟
ޖަވާބު: ޒަމާން

5.    ވާކަމަކީ ކޮބާ؟
ޖަވާބު: (އިހަށްވެސް މިހާރުވެސް) އަބަދުވެސް ވާކަަންކަމެވެ. 
6.     ވާނޭކަމަކީ ކޮބާ؟
ޖަވާބު: ބަސްބުނުމުގެ ފަހުން ހިނގާނެ، ނުވަތަ ހިނގާފާނޭ ކަންކަމެވެ.
7.    ވޭވޭހުރިކަމަކީ ކޮބާ؟
ޖަވާބު: ބަސްބުނާ ވަޤުތު ނުވަތަ ވާހަކަދެކެވޭ ވަޤުތު ހިނގަހިނގާ ހުންނަ ކަންކަމެވެ.   
8.    ނިމުނުކަމަކީ ކޮބާ؟
ޖަވާބު: ބަސްބުނުމުގެ ކުރިން (ކައިރި ޒަމާނެއްގައި) ވެނިމިފައިވާ ކަންކަމެވެ.

9.    ނިމިނިމުނުކަމަކީ ކޮބާ؟
ޖަވާބު: ވޭތުވެދިޔަ ދުރު ޒަމާނެއްގައި ވެނިމިފައިވާ ކަންކަމެވެ.
10.            ނަމަވުމަކީ ކޮބާ؟
    ޖަވާބު: ކަމެއް ހިނގީތީ ހިނގިކަމެވެ. ހިނގައިފިނަމަ ހިނގާނެކަމެވެ.
11.            ނަމަކީ ކޮބާ؟
ޖަވާބު: ނަމަކީ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ނިސްބަތް ކުރެވޭ ކޮންމެ ލަފުޒެކެވެ.
12.            ޚާއްޞަނަމަކީ ކޮބާ؟
ޖަވާބު: އެއީ އެނަމެއް ބުނުމުން އެނަން ރައްދުވާ ފަރާތް ކަނޑައެޅި، އެނގޭ ގޮތަށް ބުނާ ނަންނަމެވެ.
13.            ތަންތަނަށް ނިސްބަތްކުރެވޭ ޚާއްޞަނަމުގެ 2 ނަންބުނޭ؟
ޖަވާބު: އަލިފުށީ ސުކޫލް، އަލިފުށީ ވަޑިންގެ ވެހި، ( އަދި މިނޫންވެސް ޚާއްސަނަންތައް ކަމުދާނެއެވެ.)
14.            ޢާންމުނަމަކީ ކޮބާ؟
ޖަވާބު: އެއީ އެނަމެއް ބުނުމުން އެނަން ރައްދުވާ ފަރާތް ކަނޑައެޅި ނޭނގޭ ނަންނަމެވެ.
15.            މީހުންނަށް ނިސްބަތްކުރެވޭ އާންމުނަމުގެ 2 ނަންބުނޭ؟
ޖަވާބު: ކަލޭ، އޭނަ، ދައްތަ ( އަދި މިނޫންވެސް މީހުންނަށް ނިސްބަތްކުރެވޭ އާންމުނަން ކަމުދާނެއެވެ.)
16.            ނަންއިތުރަކީ ކޮބާ؟
ޖަވާބު: ނަންއިތުރަކީ ނަމަކަށް އަތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ.
17.            ނަންއިތުރު އުފެދޭ ގޮތެއް ބުނޭ؟
ޖަވާބު: އެއްގޮތަކީ ، ސިފަ ގެނެސްދޭ ބަހެއް ، ނުވަތަ ބަސްތަކެއް ނަމުގެ ކުރިއަށް ގެނެސްގެންނެވެ.
    އަނެއްގޮތަކީ ، ސިފަ ގެނެސްދޭ ބަހެއް ، ނުވަތަ ބަސްތަކެއް ނަމުގެ ފަހަތަށް ގެނެސްގެންނެވެ.
    އަނެއް ގޮތަކީ ، ވާކަމެއް ނަމުގެ ކުރިއަށް ގެނެސްގެންނެވެ.
    އަނެއްގޮތަކީ ، ނަމުގެ ކުރިއަށް ނަމެއް ގެނެސްގެންނެވެ.


    
18.           ނަންއިތުރުގެ 2 ބާވަތް ބުނޭ؟
ޖަވާބު: ސިފަ ބަޔާންކޮށްދޭ ނަންއިތުރު
   ވަނަ ބަޔާންކޮށްދޭ ނަންއިތުރު
  މިންވަރު ބަޔާންކޮށްދޭ ނަންއިތުރު
19.            ނަންއިތުރުގެ ދަރަޖަތައް މިސާލާއެކު ބަޔާންކުރޭ !
ޖަވާބު: އެއީ  ފުރަތަމަ ދަރަޖައިގެ ނަންއިތުރު ،
   މަތީ ދަރަޖައިގެ ނަންއިތުރު ،
   އެންމެ މަތީ ދަރަޖައިގެ ނަންއިތުރު
20.            ހުރުން ބޭނުން ކުރެވޭ 3 ގޮތް ބުނޭ؟
ޖަވާބު: ފިރިހެނުންނަށް
   މައުނަވީ ސިފަތަކަށް
   ގިނަތަކެއްޗަށް ނިސްބަތްކޮށް
   އަމިއްލަ ބާރުގައި ހުރެވޭ ތަކެއްޝަށް
( ކޮންމެވެސް ތިންގޮތެއް ބުނުމުން ރަގަޅުވާނެއެވެ.)
21.            އިނުން ބޭނުން ކުރެވޭ 3 ގޮތް ބުނޭ؟
ޖަވާބު: އަންހެނުންނަށް
   އިންސާނުން ނޫން ދެފައި ހުންން ދިރޭތަކެތި
   4 ފަޔަށްވުރެ ފައިގިނަ ދިރޭ ތަކެތި
   ގަހުގައި އަޅާތަކެތި ގަހުން ވަކިނުވެ ހުންނައިރު އޭގެ ތެރެއިން އެކައްޗަށް
   ކައިވެނި ކުރުމަށް

22.             އޮތުން ބޭނުން ކުރެވޭ ގޮތެއް ބުނޭ؟
ޖަވާބު: އަނެތް އެއްޗެއްގެ ބާރުގައި އޮވެވޭ ތަކެތި
   ހަތެރެސްފައި ޖަހައިގެން އުޅޭ ދިރޭ ތަކެތި
   ފައި ނުހުންނަ ދިރޭ ތަކެތި
23.            ފިރިހެނުންނަށް ނިސްބަތް ކުރެވޭ ހުރުމުގެ މިސާލެއް ބުނޭ؟
ޖަވާބު: އަހުމަދު ހުރީ ސުކޫލުގައެވެ.
( މި ނޫން މިސާލެއްވެސް ބޭނުން ކުރެވިދާނެއެވެ.)
24.             މައުންވީ ސިފައަށް ހުރުން ބޭނުން ކުރެވޭ ގޮތުގެ މިސާލެއް ބުނޭ؟
ޖަވާބު: ފާތުމަތު ހުރީ އުފާވެފައެވެ.
( މި ނޫން މިސާލެއްވެސް ބޭނުން ކުރެވިދާނެއެވެ.)
25.            ފައި ނުހުންނަ ދިރޭތަކެއްޗަށް ނިސްބަތްކުރެވޭނީ ހުރުންތަ އިނުންތަ ނޫނީ އޮތުންތަ؟ އަދި މިސާލެއް ބުނޭ؟
ޖަވާބު: އޮތުން
( މި ފަދަ އެހެން ސުވާލެއްވެސް ކުރެވިދާނެެވެ.)
26.            ދޭހަ އަކީ ކޮބާ؟
ޖަވާބު: ދޭހައަކީ ލިޔުމެއް ކިޔައިގެން ، ނުވަތަ އަޑުއަހައިގެން ، ނުވަތަ ބަލައި ދިރާސާކޮށްގެން ތިމާއަށް އެނގޭ އެނގުމެވެ. ދަސްވާ ދަސްވުމެވެ.
27.            މަޒުމޫނަކީ ކޮބާ؟
ޖަވާބު: މަޒުމޫނަކީ މުހިންމު ޕޮއިންޓްތަކެއް ހިމަނައިގެން ލިޔާ ދިގު ބަޔާނެކެވެ.
28.             އެއީ މޮޅު ކުއްޖެކެވެ. މިޖުމުލައިގައިވާ ނަންއިތުރަކީ ކޮބާ؟
ޖަވާބު: މޮޅު
( މި ފަދަ އެހެން ސުވާލެއްވެސް ކުރެވިދާނެެވެ.)
29.            އަޙްމަދުގެ ލިޔުން ރީއްޗެވެ. މިޖުމުލައިގައި ނަން އިތުރު އުފެދިފައިވަނީ ކިހިނެތް؟
ޖަވާބު: ސިފަގެނެސްދޭ ބަހެއް ނަމުގެ ފަހަތަށް އައިސްގެން

30.             އަލީ އަށްވުރެ އަހުމަދު މާ މޮޅެވެ. މި ޖުމުލައިން ދޭހަވަނީ ކޮން ދަރަޖައެއްގެ ނަން އިތުރެއް؟
ޖަވާބު: މަތީ ދަރަޖައިގެ ނަން އިތުރު
31.             ވަނަ ބަޔާންކޮށްދޭ ނަން އިތުރުގެ މިސާލެއް ބުނޭ؟
ޖަވާބު: ފުރަތަމަ ކުއްޖާ
( މި ފަދަ އެހެން މިސާލެއްވެސް ބުނެވިދާނެއެވެ.)
32.            އެންމެ ރީތީ ފިނިފެންމަލެވެ. މިއީ ކޮން ދަރަޖައެއްގެ ނަން އިތުރެއް؟
ޖަވާބު: އެންމެ މަތީ ދަރަޖަ
( މި ފަދަ އެހެން ސުވާލެއްވެސް ކުރެވިދާނެެވެ.)
33.             މޭޒުމަތީގައި ހުރި ތައްޓާއި  ޖަގާއި ސަމުސާތައް ނަގާށެވެ. މިޖުމުލަގައި ހުރުން ބޭނުން ކުރަން ޖެހުނު ސަބަބު ބުނާށެވެ.
ޖަވާބު: އެކިވައްތަރުގެ ގިނަ ތަކެއްޗަށް ނިސްބަތް ކުރެވޭތީއެވެ.
34.            ހައިރާން މާރކް ބޭނުން ކުރެވޭގޮތެއް ބުނޭ؟
ޖަވާބު: އުފާ ދޭހަކޮށްދިނުމަށް
( މިނޫން އެހެން ގޮތެއްވެސް ބުނެވިދާނެއެވެ.)
35.            ސުވާލުމާރކް ބޭނުން ކުރެވޭ ގޮތް ބުނޭ؟
ޖަވާބު: ސުވާލެއްކަން އަންގައިދޭ ލަފުޒެއް ނުވަތަ ޖުމުލައެއް ނިމޭތާންގައެވެ.
36.            ފުލުސްޓޮޕް ބޭނުން ކުރެވޭގޮތް ބުނޭ؟
ޖަވާބު: ޖުމުލައެއް ނިމުނުކަން އަންގައި ދިނުމަށެވެ.
37.             ދޭހައިގެ ސުވާލުތަކުގެ ޖަވާބު ދެނެގަނެވިދާނެ ގޮތެއް ބުނޭ؟
ޖަވާބު: ވަރަށް ރަނގަޅަށް ކަނުލައި ، އަޑުއަހައިގެން
    އޭގެ މުހިއްމު ނުކުތާތަކަށް ސަމާލުކަންދީގެން
38.            ދޭހަވުމަކީ ކޮބާ؟
ޖަވާބު: އެ ކިޔޭ، އަޑުއެހޭ ލިޔުމަކާބެހޭ ގޮތުން ކުރެވޭ ތަފާތު ސުވާލުތަކަށް ޖަވާބުދޭން އެނގުން

39.            ކިޔުމުގެ ދޭހައަކީ ކޮބާ؟
ޖަވާބު:  ލިޔުމުމެއް ކިޔައިގެން އެއިން ތިމާއަށް އެނގުނު އެނގުމެވެ. ދަސްވި ދަސްވުމެވެ.
40.            ކޮމާ ބޭނުން ކުރެވޭނެ ހާލަތެއް ބުނޭ؟
ޖަވާބު: ކިޔަމުންދާއިރު ކުޑަކޮށް މަޑުކޮށްލަންޖެހޭ ތަންތާންގައެވެ.
41.           ދިވެހި ބަހުގެ ޤަވާއިދުގައި އޮންނަނީ މައިގަނޑު ކިތައްބައި؟
ޖަވާބު: 8 ބައެވެ.
42.            ފާތުމަތު އިނީ ގޭގައެވެ. މިޖުމުލައިގައި އިނުން ބޭނުން ކުރަން ޖެހުނު ސަބަބު ބުނާށެވެ.
ޖަވާބު: އަންހެނަކަށް ނިސްބަތް ކުރެވިފައި ވާތީއެވެ.
43.           ކަން އިތުރު އުފެދޭ ދެގޮތް ބުނޭ؟
ޖަވާބު: ސިފަ ގެނެސްދޭ ބަހެއްގެ ފަހަތަށް " އަށް " ގުޅައިލައި ގެންނެވެ.
   ސިފަ ގެނެސްދޭ ބަހެއްގެ ކުރިއަށް " ކޮށް " ގުޅައިލައިގެންނެވެ.
   ސިފަ ގެނެސްދޭ ބަހެއްގެ ކުރިއަށް " އިން " ގުޅައިލައިގެންނެވެ.
( ބުނެދޭނީ ކޮންމެވެސް ދެ ގޮތެކެވެ.)
44.           އަހަރެން އެގެއަށް ދިޔައިރު އާޒާދު ފަހަނީއެވެ. މި ޖުމުލަ އިން ދޭހަވާ ޒަމާނަކީ ކޮބާ؟
ޖަވާބު: ވޭވޭ ހުރިކަން
( މި ފަދަ އެހެން ސުވާލެއްވެސް ކުރެވިދާނެެވެ.)
45.            މަތީ ދަރަޖަ އަންގައިދިނުމަށް އެންމެ އާންމު ގޮތެއްގައި ބޭނުންކުރާ ލަފުޒަކީ ކޮބާ؟
ޖަވާބު: "އެންމެ" މި ލަފުޒެވެ.
46.            ދެފައިލީ ދިރޭތަކެއްޗަށް ނިސްބަތްކޮށް ބޭނުން ކުރެވެނީ ------------------
ޖަވާބު: އިނުން
47.           ފައި ނެތް ދިރޭތަކެއްޗަށް ނިސްބަތްކޮށް ބޭނުން ކުރެވެނީ ------------------
ޖަވާބު: އޮތުން
48.           ގަހުގައިވާ ތަކެތި ގަހުން ވަކި ނުވެ ހުންނަ އިރު އޭގެ ތެރެއިން އެކައްޗަށް ------------------
ޖަވާބު: އިނުން
49.            ގަހުގައިވާ ތަކެތި ގަހުން ވަކި ނުވެ ހުންނަ އިރު އޭގެ ތެރެއިން ގިނަ ތަކެއްޗަށް -------------
ޖަވާބު: ހުރުން
50.             މީރުކޮށް ކައްކާފައިވާ ރިހައެއް. މި ޖުމުލައިން ދޭހަވާ ކަންއިތުރަކީ ކޮބާ؟
ޖަވާބު: މީރުކޮށް
( މި ޖުމުލައިގެ ބަދަލުގައި މި ފަދަ އެހެން ޖުމުލަތަކެއް ދެވިދާނެއެވެ.)
51.             ދިވެހި ބަހުގައި ނަންބެހޭ ބާވަތްތަކުގެ ތެރެއިން ތިން ބައެއް ބުނޭ؟
ޖަވާބު: ޚާއްޞަ ނަމާއި، އާންމު ނަން . ބަދަލު ނަމާއި، އިޝާރާތުގެ ނަން . އެކުވި ނަމާއި ، މައިނަވީ ނަން . އަދި އެކަހެރި ނަމާއި ، ގިނަ ނަމެވެ.
( ބުނެދޭނީ ކޮންމެވެސް 3 ބައެކެވެ.)
52.            މަސްދަރަކީ ކޮބާ؟
ޖަވާބު: ކަން އުފެދުމުގެ އަސްލެވެ.
53.           މަސްދަރެއްގެ މިސާލެއް ލިޔޭ؟
ޖަވާބު: ހުރުން
( މި ފަދަ އެހެން މިސާލެއްވެސް ރަގަޅުވާނެއެވެ.)
54.            މިންވަރު ބަޔާންކޮށްދޭ ދެ ނަންއިތުރު ބުނޭ؟
ޖަވާބު: 1- ދިހަ ރޮށި
2- 12 ގަސް
3- ތިން ތިނޯސް
( މިނޫންވެސް މިފަދަ ކޮންމެ ޖަވާބެއްވެސް ރަގަޅުވާނެއެވެ.)


( ކޮންމެ ދަރިވަރަކާވެސް 3 ސުވާލު ކުރެވޭނެއެވެ.)