އަލިފުށީ ސުކޫލް
ދިވެހި ކުއިޒް 2012
ގުރޭޑް 5
ނަން .............................................................................. ކުލާސް ................... އިންޑެކްސް ........................... ރަޖިސްޓަރ ނަންބަރ .....................
1. ކަމަކީ ކޮބައި ؟
ޖަވާބު: އެބަހަކުން ކޮންމެވެސް ޒަމާނެއް ދޭހަވާ ކޮންމެ ބަހެކެވެ.
2. ދިވެހިބަހުގައި ކަން ބެހެނީ ކިތައް ޒަމާނަށްތަ؟
ޖަވާބު: 6 ބަޔަށް ( 6 ޒަމާނަކަށް)
3. ކަން ބެހޭ ޒަމާންތަކަކީ ކޮބާ؟
ޖަވާބު: ވާކަން . ވޭވޭހުރިކަން . ވާނޭކަން . ނިމުނުކަން ، ނިމިނިމުނުކަން އަދި ނަމަވުމެވެ.
4. ކަމެއް ހިނގި، ހިނގާ، ހިނގާނެ ނުވަތަ ހިނގާފާނޭ ވަޤުތު އަންގައި ދިނުމުގެ ގޮތުން ކަމަކަށް ގެނެވޭ ބަދަލަށް ކިޔަނީ ކީކޭތަ ؟
ޖަވާބު: ޒަމާން
5. ވާކަމަކީ ކޮބާ؟
ޖަވާބު: (އިހަށްވެސް މިހާރުވެސް) އަބަދުވެސް ވާކަަންކަމެވެ.
6. ވާނޭކަމަކީ ކޮބާ؟
ޖަވާބު: ބަސްބުނުމުގެ ފަހުން ހިނގާނެ، ނުވަތަ ހިނގާފާނޭ ކަންކަމެވެ.
7. ވޭވޭހުރިކަމަކީ ކޮބާ؟
ޖަވާބު: ބަސްބުނާ ވަޤުތު ނުވަތަ ވާހަކަދެކެވޭ ވަޤުތު ހިނގަހިނގާ ހުންނަ ކަންކަމެވެ.
8. ނިމުނުކަމަކީ ކޮބާ؟
ޖަވާބު: ބަސްބުނުމުގެ ކުރިން (ކައިރި ޒަމާނެއްގައި) ވެނިމިފައިވާ ކަންކަމެވެ.
9. ނިމިނިމުނުކަމަކީ ކޮބާ؟
ޖަވާބު: ވޭތުވެދިޔަ ދުރު ޒަމާނެއްގައި ވެނިމިފައިވާ ކަންކަމެވެ.
10. ނަމަވުމަކީ ކޮބާ؟
ޖަވާބު: ކަމެއް ހިނގީތީ ހިނގިކަމެވެ. ހިނގައިފިނަމަ ހިނގާނެކަމެވެ.
11. ނަމަކީ ކޮބާ؟
ޖަވާބު: ނަމަކީ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ނިސްބަތް ކުރެވޭ ކޮންމެ ލަފުޒެކެވެ.
12. ޚާއްޞަނަމަކީ ކޮބާ؟
ޖަވާބު: އެއީ އެނަމެއް ބުނުމުން އެނަން ރައްދުވާ ފަރާތް ކަނޑައެޅި، އެނގޭ ގޮތަށް ބުނާ ނަންނަމެވެ.
13. ތަންތަނަށް ނިސްބަތްކުރެވޭ ޚާއްޞަނަމުގެ 2 ނަންބުނޭ؟
ޖަވާބު: އަލިފުށީ ސުކޫލް، އަލިފުށީ ވަޑިންގެ ވެހި، ( އަދި މިނޫންވެސް ޚާއްސަނަންތައް ކަމުދާނެއެވެ.)
14. ޢާންމުނަމަކީ ކޮބާ؟
ޖަވާބު: އެއީ އެނަމެއް ބުނުމުން އެނަން ރައްދުވާ ފަރާތް ކަނޑައެޅި ނޭނގޭ ނަންނަމެވެ.
15. މީހުންނަށް ނިސްބަތްކުރެވޭ އާންމުނަމުގެ 2 ނަންބުނޭ؟
ޖަވާބު: ކަލޭ، އޭނަ، ދައްތަ ( އަދި މިނޫންވެސް މީހުންނަށް ނިސްބަތްކުރެވޭ އާންމުނަން ކަމުދާނެއެވެ.)
16. ނަންއިތުރަކީ ކޮބާ؟
ޖަވާބު: ނަންއިތުރަކީ ނަމަކަށް އަތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދޭ ކޮންމެ ބަހެކެވެ.
17. ނަންއިތުރު އުފެދޭ ގޮތެއް ބުނޭ؟
ޖަވާބު: އެއްގޮތަކީ ، ސިފަ ގެނެސްދޭ ބަހެއް ، ނުވަތަ ބަސްތަކެއް ނަމުގެ ކުރިއަށް ގެނެސްގެންނެވެ.
އަނެއްގޮތަކީ ، ސިފަ ގެނެސްދޭ ބަހެއް ، ނުވަތަ ބަސްތަކެއް ނަމުގެ ފަހަތަށް ގެނެސްގެންނެވެ.
އަނެއް ގޮތަކީ ، ވާކަމެއް ނަމުގެ ކުރިއަށް ގެނެސްގެންނެވެ.
އަނެއްގޮތަކީ ، ނަމުގެ ކުރިއަށް ނަމެއް ގެނެސްގެންނެވެ.
18. ނަންއިތުރުގެ 2 ބާވަތް ބުނޭ؟
ޖަވާބު: ސިފަ ބަޔާންކޮށްދޭ ނަންއިތުރު
ވަނަ ބަޔާންކޮށްދޭ ނަންއިތުރު
މިންވަރު ބަޔާންކޮށްދޭ ނަންއިތުރު
19. ނަންއިތުރުގެ ދަރަޖަތައް މިސާލާއެކު ބަޔާންކުރޭ !
ޖަވާބު: އެއީ ފުރަތަމަ ދަރަޖައިގެ ނަންއިތުރު ،
މަތީ ދަރަޖައިގެ ނަންއިތުރު ،
އެންމެ މަތީ ދަރަޖައިގެ ނަންއިތުރު
20. ހުރުން ބޭނުން ކުރެވޭ 3 ގޮތް ބުނޭ؟
ޖަވާބު: ފިރިހެނުންނަށް
މައުނަވީ ސިފަތަކަށް
ގިނަތަކެއްޗަށް ނިސްބަތްކޮށް
އަމިއްލަ ބާރުގައި ހުރެވޭ ތަކެއްޝަށް
( ކޮންމެވެސް ތިންގޮތެއް ބުނުމުން ރަގަޅުވާނެއެވެ.)
21. އިނުން ބޭނުން ކުރެވޭ 3 ގޮތް ބުނޭ؟
ޖަވާބު: އަންހެނުންނަށް
އިންސާނުން ނޫން ދެފައި ހުންން ދިރޭތަކެތި
4 ފަޔަށްވުރެ ފައިގިނަ ދިރޭ ތަކެތި
ގަހުގައި އަޅާތަކެތި ގަހުން ވަކިނުވެ ހުންނައިރު އޭގެ ތެރެއިން އެކައްޗަށް
ކައިވެނި ކުރުމަށް
22. އޮތުން ބޭނުން ކުރެވޭ ގޮތެއް ބުނޭ؟
ޖަވާބު: އަނެތް އެއްޗެއްގެ ބާރުގައި އޮވެވޭ ތަކެތި
ހަތެރެސްފައި ޖަހައިގެން އުޅޭ ދިރޭ ތަކެތި
ފައި ނުހުންނަ ދިރޭ ތަކެތި
23. ފިރިހެނުންނަށް ނިސްބަތް ކުރެވޭ ހުރުމުގެ މިސާލެއް ބުނޭ؟
ޖަވާބު: އަހުމަދު ހުރީ ސުކޫލުގައެވެ.
( މި ނޫން މިސާލެއްވެސް ބޭނުން ކުރެވިދާނެއެވެ.)
24. މައުންވީ ސިފައަށް ހުރުން ބޭނުން ކުރެވޭ ގޮތުގެ މިސާލެއް ބުނޭ؟
ޖަވާބު: ފާތުމަތު ހުރީ އުފާވެފައެވެ.
( މި ނޫން މިސާލެއްވެސް ބޭނުން ކުރެވިދާނެއެވެ.)
25. ފައި ނުހުންނަ ދިރޭތަކެއްޗަށް ނިސްބަތްކުރެވޭނީ ހުރުންތަ އިނުންތަ ނޫނީ އޮތުންތަ؟ އަދި މިސާލެއް ބުނޭ؟
ޖަވާބު: އޮތުން
( މި ފަދަ އެހެން ސުވާލެއްވެސް ކުރެވިދާނެެވެ.)
26. ދޭހަ އަކީ ކޮބާ؟
ޖަވާބު: ދޭހައަކީ ލިޔުމެއް ކިޔައިގެން ، ނުވަތަ އަޑުއަހައިގެން ، ނުވަތަ ބަލައި ދިރާސާކޮށްގެން ތިމާއަށް އެނގޭ އެނގުމެވެ. ދަސްވާ ދަސްވުމެވެ.
27. މަޒުމޫނަކީ ކޮބާ؟
ޖަވާބު: މަޒުމޫނަކީ މުހިންމު ޕޮއިންޓްތަކެއް ހިމަނައިގެން ލިޔާ ދިގު ބަޔާނެކެވެ.
28. އެއީ މޮޅު ކުއްޖެކެވެ. މިޖުމުލައިގައިވާ ނަންއިތުރަކީ ކޮބާ؟
ޖަވާބު: މޮޅު
( މި ފަދަ އެހެން ސުވާލެއްވެސް ކުރެވިދާނެެވެ.)
29. އަޙްމަދުގެ ލިޔުން ރީއްޗެވެ. މިޖުމުލައިގައި ނަން އިތުރު އުފެދިފައިވަނީ ކިހިނެތް؟
ޖަވާބު: ސިފަގެނެސްދޭ ބަހެއް ނަމުގެ ފަހަތަށް އައިސްގެން
30. އަލީ އަށްވުރެ އަހުމަދު މާ މޮޅެވެ. މި ޖުމުލައިން ދޭހަވަނީ ކޮން ދަރަޖައެއްގެ ނަން އިތުރެއް؟
ޖަވާބު: މަތީ ދަރަޖައިގެ ނަން އިތުރު
31. ވަނަ ބަޔާންކޮށްދޭ ނަން އިތުރުގެ މިސާލެއް ބުނޭ؟
ޖަވާބު: ފުރަތަމަ ކުއްޖާ
( މި ފަދަ އެހެން މިސާލެއްވެސް ބުނެވިދާނެއެވެ.)
32. އެންމެ ރީތީ ފިނިފެންމަލެވެ. މިއީ ކޮން ދަރަޖައެއްގެ ނަން އިތުރެއް؟
ޖަވާބު: އެންމެ މަތީ ދަރަޖަ
( މި ފަދަ އެހެން ސުވާލެއްވެސް ކުރެވިދާނެެވެ.)
33. މޭޒުމަތީގައި ހުރި ތައްޓާއި ޖަގާއި ސަމުސާތައް ނަގާށެވެ. މިޖުމުލަގައި ހުރުން ބޭނުން ކުރަން ޖެހުނު ސަބަބު ބުނާށެވެ.
ޖަވާބު: އެކިވައްތަރުގެ ގިނަ ތަކެއްޗަށް ނިސްބަތް ކުރެވޭތީއެވެ.
34. ހައިރާން މާރކް ބޭނުން ކުރެވޭގޮތެއް ބުނޭ؟
ޖަވާބު: އުފާ ދޭހަކޮށްދިނުމަށް
( މިނޫން އެހެން ގޮތެއްވެސް ބުނެވިދާނެއެވެ.)
35. ސުވާލުމާރކް ބޭނުން ކުރެވޭ ގޮތް ބުނޭ؟
ޖަވާބު: ސުވާލެއްކަން އަންގައިދޭ ލަފުޒެއް ނުވަތަ ޖުމުލައެއް ނިމޭތާންގައެވެ.
36. ފުލުސްޓޮޕް ބޭނުން ކުރެވޭގޮތް ބުނޭ؟
ޖަވާބު: ޖުމުލައެއް ނިމުނުކަން އަންގައި ދިނުމަށެވެ.
37. ދޭހައިގެ ސުވާލުތަކުގެ ޖަވާބު ދެނެގަނެވިދާނެ ގޮތެއް ބުނޭ؟
ޖަވާބު: ވަރަށް ރަނގަޅަށް ކަނުލައި ، އަޑުއަހައިގެން
އޭގެ މުހިއްމު ނުކުތާތަކަށް ސަމާލުކަންދީގެން
38. ދޭހަވުމަކީ ކޮބާ؟
ޖަވާބު: އެ ކިޔޭ، އަޑުއެހޭ ލިޔުމަކާބެހޭ ގޮތުން ކުރެވޭ ތަފާތު ސުވާލުތަކަށް ޖަވާބުދޭން އެނގުން
39. ކިޔުމުގެ ދޭހައަކީ ކޮބާ؟
ޖަވާބު: ލިޔުމުމެއް ކިޔައިގެން އެއިން ތިމާއަށް އެނގުނު އެނގުމެވެ. ދަސްވި ދަސްވުމެވެ.
40. ކޮމާ ބޭނުން ކުރެވޭނެ ހާލަތެއް ބުނޭ؟
ޖަވާބު: ކިޔަމުންދާއިރު ކުޑަކޮށް މަޑުކޮށްލަންޖެހޭ ތަންތާންގައެވެ.
41. ދިވެހި ބަހުގެ ޤަވާއިދުގައި އޮންނަނީ މައިގަނޑު ކިތައްބައި؟
ޖަވާބު: 8 ބައެވެ.
42. ފާތުމަތު އިނީ ގޭގައެވެ. މިޖުމުލައިގައި އިނުން ބޭނުން ކުރަން ޖެހުނު ސަބަބު ބުނާށެވެ.
ޖަވާބު: އަންހެނަކަށް ނިސްބަތް ކުރެވިފައި ވާތީއެވެ.
43. ކަން އިތުރު އުފެދޭ ދެގޮތް ބުނޭ؟
ޖަވާބު: ސިފަ ގެނެސްދޭ ބަހެއްގެ ފަހަތަށް " އަށް " ގުޅައިލައި ގެންނެވެ.
ސިފަ ގެނެސްދޭ ބަހެއްގެ ކުރިއަށް " ކޮށް " ގުޅައިލައިގެންނެވެ.
ސިފަ ގެނެސްދޭ ބަހެއްގެ ކުރިއަށް " އިން " ގުޅައިލައިގެންނެވެ.
( ބުނެދޭނީ ކޮންމެވެސް ދެ ގޮތެކެވެ.)
44. އަހަރެން އެގެއަށް ދިޔައިރު އާޒާދު ފަހަނީއެވެ. މި ޖުމުލަ އިން ދޭހަވާ ޒަމާނަކީ ކޮބާ؟
ޖަވާބު: ވޭވޭ ހުރިކަން
( މި ފަދަ އެހެން ސުވާލެއްވެސް ކުރެވިދާނެެވެ.)
45. މަތީ ދަރަޖަ އަންގައިދިނުމަށް އެންމެ އާންމު ގޮތެއްގައި ބޭނުންކުރާ ލަފުޒަކީ ކޮބާ؟
ޖަވާބު: "އެންމެ" މި ލަފުޒެވެ.
46. ދެފައިލީ ދިރޭތަކެއްޗަށް ނިސްބަތްކޮށް ބޭނުން ކުރެވެނީ ------------------
ޖަވާބު: އިނުން
47. ފައި ނެތް ދިރޭތަކެއްޗަށް ނިސްބަތްކޮށް ބޭނުން ކުރެވެނީ ------------------
ޖަވާބު: އޮތުން
48. ގަހުގައިވާ ތަކެތި ގަހުން ވަކި ނުވެ ހުންނަ އިރު އޭގެ ތެރެއިން އެކައްޗަށް ------------------
ޖަވާބު: އިނުން
49. ގަހުގައިވާ ތަކެތި ގަހުން ވަކި ނުވެ ހުންނަ އިރު އޭގެ ތެރެއިން ގިނަ ތަކެއްޗަށް -------------
ޖަވާބު: ހުރުން
50. މީރުކޮށް ކައްކާފައިވާ ރިހައެއް. މި ޖުމުލައިން ދޭހަވާ ކަންއިތުރަކީ ކޮބާ؟
ޖަވާބު: މީރުކޮށް
( މި ޖުމުލައިގެ ބަދަލުގައި މި ފަދަ އެހެން ޖުމުލަތަކެއް ދެވިދާނެއެވެ.)
51. ދިވެހި ބަހުގައި ނަންބެހޭ ބާވަތްތަކުގެ ތެރެއިން ތިން ބައެއް ބުނޭ؟
ޖަވާބު: ޚާއްޞަ ނަމާއި، އާންމު ނަން . ބަދަލު ނަމާއި، އިޝާރާތުގެ ނަން . އެކުވި ނަމާއި ، މައިނަވީ ނަން . އަދި އެކަހެރި ނަމާއި ، ގިނަ ނަމެވެ.
( ބުނެދޭނީ ކޮންމެވެސް 3 ބައެކެވެ.)
52. މަސްދަރަކީ ކޮބާ؟
ޖަވާބު: ކަން އުފެދުމުގެ އަސްލެވެ.
53. މަސްދަރެއްގެ މިސާލެއް ލިޔޭ؟
ޖަވާބު: ހުރުން
( މި ފަދަ އެހެން މިސާލެއްވެސް ރަގަޅުވާނެއެވެ.)
54. މިންވަރު ބަޔާންކޮށްދޭ ދެ ނަންއިތުރު ބުނޭ؟
ޖަވާބު: 1- ދިހަ ރޮށި
2- 12 ގަސް
3- ތިން ތިނޯސް
( މިނޫންވެސް މިފަދަ ކޮންމެ ޖަވާބެއްވެސް ރަގަޅުވާނެއެވެ.)
( ކޮންމެ ދަރިވަރަކާވެސް 3 ސުވާލު ކުރެވޭނެއެވެ.)